ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި އައްސަދު އަލީ (އަޑުބަރޭ) ކްލަބު އީގަލްސް އަށް ބަދަލުވެއްޖެ އެވެ.
ކުރިން ނިއު ރޭޑިއަންޓާއި، މާޒިޔާ، ވީބީ ސްޕޯޓްސް އަދި ވިކްޓަރީ އަށް ކުޅުނު އަޑުބަރޭ އީގަލްސް އަށް ގެނައީ ކުރިއަށް އޮތް އޭއެފްސީ ކަަޕަށް އެ ޓީމު ވަރުގަދަކުރުމުގެ ގޮތުންނެވެ.
އަޑުބަރޭ އެންމެ ފަހުން ކުޅުނީ 2018 ވަނަ އަހަރު ކްލަބު ގްރީން ސްޓްރީޓަށެވެ. އެކަމަކު 2019 ވަނަ އަހަރުން ފެށިގެން އޭނާ ފުރަތަމަ ޑިވިޝަންގެ އެއްވެސް ކްލަބަކަށް ނުކުޅެ އެވެ.
އަޑުބަރޭ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު މާޒިޔާގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފަ އެެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ އަށް އޭނާ ކުޅޭނެކަމަށް ބެލެވުނު ނަމަވެސް، އެ މުބާރާތް ވަނީ ކެންސަލްކޮށްފަ އެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އަންނަ މަހު ބޫޓާންގެ ތިމްޕޫއާ ދެކޮޅަށް ކުޅުމަށް ތައްޔާރުވަމުންދާ އީގަލްސް އިން ވަނީ ލުބުނާންގެ ގޯލްކީޕަރެއް ވެސް ގެނެސްފަ އެވެ.
"ސްޕައިޑަމޭންގެ އާ ސަފްހާއަކާއެކު ޓޮމް އެނބުރި އަތުވެއްޖެ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ދިރާގާއި މިނީސޯ ގުޅިގެން "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިފި