ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް ރަޖިސްޓްރީވެފައި ވާތީ، 8،000 ފަރާތަކަށް އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ދޭން ނިންމައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ރިރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަމަވި އިރު، ވޯޓުގެ ސިއްރުކަން ގެއްލޭނެ ފަދަ ގޮތަކަށް 8،000 މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި މި ފަރާތްތަކަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވުމަށް މި ހަފްތާގައި ފުރުސަތު ހުޅުވާލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މިދިޔަ އަހުރުގެ އޭޕްރިލް މަހު ބޭއްވުމަށް ކަނޑައެޅިފައިއޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކޮވިޑްގެ ހާލަތުގެ ސަބަބުން ލަސްކުރެވުނުތާ އަހަރެއް ވަނީ އެވެ.
މިގޮތުން، މިހާލަތުގައި އިންތިހާބު ބޭއެވުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ގާނޫނަށް އަތައް ބަދަލެއް ގެނެސްފަ އެވެ.
"އެންމެ އަގުބޮޑު ތަރީ"ގެ ލަގަބަކީ ދޮގެއް: ހެމާ މާލިނީ
ޖޫން މަހު މީރާއިން 2.92 ބިލިއަން ރުފިޔާ ބަލައިގަނެފި
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
