ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ކުރަމުންދާ ތަހުގީގާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި އެވެ.
އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ބައެއް އިސްވެރިންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
އެއީ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުން ކަމަށްވާ މުހައްމަދު އާރިފް އާއި ލިރުގާމް ވަހީދެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
ފަޒުލްގެ ބޭބެ ފަޒީލަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިނުވަނީސް އޭނާއަށް އެޗްޑީސީން ގޯއްޗެއް ދިން މައްސަލައެއް ވަނީ ފަޅާއަރާފަ އެވެ. އެ ގޯތި އޭނާ ހޯދީ ވަގު ލިޔުމެއް ހުށަހަޅައިގެންނެވެ.
އެ މައްސަލައާ ގުޅިގެން 20އަށް ވުރެ ގިނަ މީހުންގެ ޕާސްޕޯޓް މިހާތަނަށް ވަނީ ހިފަހައްޓާފަ އެވެ.
ކުޅުދުއްފުށީ ޕެރޭޑުން ފެނުނީ އެ މީހުންގެ ކުޅަދާނަކަން: ޖަމީލް
މާލޭގެ ގެއެއްގައި ރޯވެ އަނިޔާވި ހަތަރު މީހަކަށް ފަރުވާދެނީ
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
