ބައްޕަގެ މަޝްހޫރުކަމުގެ ސަބަބުން ފިލްމީ ދާއިރާގައި އޭނާއަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާ ކަމަށް ބޮލީވުޑްގެ ކާމިޔާބު ތަރި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ބުނެފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖުނައިދު ބުނީ އޭނާއާއި އޭނާގެ ބައްޕައަކީ އެކްޓަރުންގެ ގޮތުގައި ވަރަށް ތަފާތު ދެ މީހުން ކަމަށާއި އެހެން ކަމުން އެއްގޮތް ރޯލުތައް ނުކުޅޭނެ ކަމަށެވެ.
"އަހަންނާއި ބައްޕައަކީ ޖިސްމާނީ ގޮތުން ވަރަށް ތަފާތު ދެމީހުން. ޔަގީނުންވެސް އެއްގޮތް ރޯލުތަކެއް އަހަރުމެން ނުކުޅޭނެ. އެހެންވީމަ އެހާބޮޑަށް އެކަމެއް އިހުސާސެއް ނުވޭ،" ބައްޕަގެ ސަބަބުން އެއްވެސް ކަހަލަ ޕްރެޝަރެއް ކުރިމަތިވޭތޯ އެހުމުން ޖުނައިދު ބުންޏެވެ.
ޖުނައިދުގެ އެ އިންޓަވިއުގައި އޭނާ ވަނީ ބޮލީވުޑްގައި މިހާރު އެންމެ ފުންނާބު އުސް ތިން ތަރިން ކަމަށްވާ އޭނާގެ ބައްޕައާއި ޝާހްރުކް ޚާންގެ އިތުރުން ސަލްމާން ޚާންއާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.
ޖުނައިދު ބުނީ އެ މީހުން ފިލްމީ ދާއިރާގައި ރަސްކަން ކުރަމުން އަންނަތާ 40 އަހަރު ވެދާނެ ކަމަށާއި އެމީހުންގެ މަސައްކަތްތަކަކީ ފާހަގަކުރެވޭ މަސައްކަތްތަކެކެވެ.
ޖުނައިދު ބޮލީވުޑަށް ތައާރަފް ވެފައިވަނީ މިފަހުން ނުކުތް ތާރީހީ ފިލުމު "މަހާރާޖާ"އިންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ "ރަންއަވޭ ބްރައިޑްސް" އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ