ދިރާގުން 2025 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ އޮފާތަކެއް ލޯންޗުކޮށްފި އެވެ.
އެގޮތުން އާ އަހަރު ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އައު އަހަރުގެ ޗުއްޓީއާ ގުޅުވައިގެން، ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ހާއްސަ ފަސް އޮފާއެއް ތައާރަފްކޮށްފަ އެވެ.
ސަޅި ޕްރީޕެއިޑް ޕްރޮމޯ: ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 2،025 ރުފިޔާގެ އޮފާ އަގަކަށް ސަޅި 365 ދުވަސް ނުވަތަ ސަޅި 180 ދުވަސް ޕްލޭނަށް ސަބްސްކްރައިބްކުރެވޭނެ އެވެ.
- ސަޅި 365 ދުވަސް: ސަޅި 365 ދުވަހުގެ ޕްލޭނާ އެކު ކަސްޓަމަރުންނަށް ޖުމްލަ 365ޖީބީ (ދުވާލަކު 1ޖީބީ)އާ އެކު، އިތުރު އަގަކާ ނުލާ 100ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެ.
- ސަޅި 180 ދުވަސް: ސަޅި 180 ދުވަހުގެ ޕްލޭނާ އެކު ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ (ޖުމްލަ 720ޖީބީ) 180 ދުވަހަށް ލިބޭނެ.
ޕޯސްޓްޕެއިޑް ޑޭޓާ ބޫސްޓާ: ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހާއްސަ ޑޭޓާ ބޫސްޓާތަކާ އެކު 25ޖީބީ އާ ހަމައަށް އިތުރު ހިލޭ ޑޭޓާ ލިބޭނެ އެވެ.
- ސްޓްރީމް 25ޖީބީ އޮފާ: ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ ސްޓްރީމިންގް އެޑް-އޮންއާ އެކު، އެފަރާތްތަކުގެ ހުރިހާ ސްޓްރީމިންގް ބޭނުންތަކަށް 25ޖީބީ މޮބައިލް ޑޭޓާ އެންމެ 25 ރުފިޔާއަށް، 24 ގަޑިއިރުގެ މުއްދަތަށް ލިބިގެންދާނެ .
- މަންތުލީ ޑޭޓާ ޑޭޓާ އެޑް-އޮންތައް: ވަކި މަންތުލީ ޑޭޓާ އެޑް-އޮންތަކާ އެކު ކަސްޓަމަރުންނަށް އެއް އަގެއްގައި 25 އިންސައްތަ އިތުރު ހިލޭ ޑޭޓާ، 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ.
- 100ޖީބީ 24 ގަޑިއިރުގެ ޑޭޓާ ޕެކް: ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 24 ގަޑިއިރުގެ ޑޭޓާ ޕެކް އެކްޓިވޭޓްކޮށްލައިގެން އިތުރު 25ޖީބީ ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް ހިލޭ ކޯލްތައް – ހަމަ އެއް އަގެއްގައި ލިބިގެންދާނެ.
ހިލޭ ކަނެކްޝަން ޕްރޮމޯ: މި ޕްރޮމޯޝަންއާ އެކު، އައު ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން ނަގާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ރައުޓާ އަދި ހިލޭ ސެޓް-އަޕް ލިބިގެންދާނެ އެވެ. މި އޮފާ ކުރިއަށް ދާނީ 31 ޑިސެންބަރު 2024ގެ ނިޔަލަށެވެ.
ހިލޭ ކަނެކްޝަން ޕްރޮމޯ ފިޔަވާ އެހެން ހުރިހަ އޮފާތަކެއް 31 ޖަނަވަރީ 2024ގެ ނިޔަލަށް ކުރިއަށްދާނެކަމަށް ދިރާގުން ބުނެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު މި އޮފާތައް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓްކޮށްލެވޭނެ އެވެ.
މި ޚާއްސަ އައު އަހަރުގެ އޮފާތަކާ ބޭހޭ އިތުރު މަޢުލުމާތު މި ލިންކުން ލިބޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، ކޮންމެ މުނާސަބަތަކާ ވެސް ގުޅޭ ހިތްގައިމު އައު އޮފަރތަކާއި ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.