ރޭ ދަންވަރު ހުޅުމާލެ ފޭސް 2ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 18 އަހަރުގެ ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.
އެކްސިޑެންޓުގައި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
އެނގިފައިވާގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ޒުވާނާ ދުއްވާފައި ދިޔަ ސައިކަލް ފުލުހުންގެ ކާރެއްގައި ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުން ފުލުހުންގެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތެއް ފުލުހުން ނުބުނެ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ސަރުކާރަށް ޖޯކު ޖަހައި ކުޅުދުއްފުށި ޕެރޭޑް މިފަހަރު ވެސް ތަފާތު
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
އެކްސިޑެންޓުވި ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް މިއެގިގެންދަނީ ދިވެހި ދަރިން ތަރްބިއްޔަތު ކުރުމުގައި މިގައުމުގެ މައިންބަފައިން ފެއިލްވެފައިވާ ކަމޭ އަންހެން ދަރިފުޅާއި ބްރޯކެން އިންގްލިޝް އިން މައިންބަފައިން ވާހަކަ ދެއްކުން އެއީ ދެން ވަރަށް ގަމާރު ބީތާއިން ކުރާ ކަމެއް ނޫންތޭ މައްދިވެހިންނަށް ވެ ތިބެ މާދަރީ ބަހުން ދަރިންނާއި ވާހަކަ ދައްކަން ނުކެރުން ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީ ނޫންތޭ އައި ހޭވް ބީން ހިއަރިންގް ޑެއިލީ ޗެޓް