ސަލްމާން ޚާންއާއި ޕްރިތީ ޒިންތާއަކީ އެކުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ދެތަރިންނެވެ. އެ ދެތަރިންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށްވެސް އެއްއިރެއްގައި އަޑު ފެތުރުނެވެ.
އެ އަޑުތަކަށް ސަލްމާންއާއި ޕްރިތީ ވެސް މީގެ ކުރިން އެއްވެސް ބަހެއް ބުނެފައި ނުވާއިރު، އެންމެ ފަހުން ޕްރިތީ މިވަނީ އެކަމަށް ރައްދު ދީފަ އެވެ.
ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޕްރިތީ ބުނީ ސަލްމާންއަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އެއާ އާއިލާ ކަމަށެވެ.
"ސަލްމާންއަކީ އަހަރެންގެ ފިރިމީހާގެ ވެސް ވަރަށް ގާތް ރަހުމަތްތެރިއެއް. ސުވާލު އުފެދިދާނެތީ ބުނެލީ،" ޕްރިތީ އެ ޓްވީޓަށް ޖަވާބުދެމުން ބުނެފައިވެ އެވެ.
ދާދިފަހުން ފާހަގަކުރި ސަލްމާންގެ 59 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ވެސް ޕްރިތީ ވަނީ ސަލްމާންއަށް ދުވަހުގެ ތަހުނިޔާ ފޮނުވައި ޓްވީޓެއް ކޮށްފަ އެވެ.
އެ ދެތަރިން އެކުގައި ފެނުނު ފިލްމުތަކުގެ ތެރޭގައި "ހަރް ދިލް ޖޯ ޕްޔާރު ކަރޭގާ"، "ޗުޕްކޭ ޗުޕްކޭ ޗޯރީ ޗޯރީ" އަދި "ހީރޯސް" ހިމެނެ އެވެ.
"ދިލް ތޯ ޕާގަލް ހޭ"އަށް ގިނަ ބަތަލާއިން ނޫނެކޭ ބުނީ ކީއްވެ؟
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި