ޑިމޮކްރެޓްސްގެ އިސް ބޭފުޅެއް ކަމަށްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު އިދިކޮޅު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
ހުޅުމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޔާޒު ވަނީ އަމްރުއަށް މަރުހަބާ ދަންނަވާފަ އެވެ.
އަމްރު އެމްޑީޕީއަށް ސޮއިކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަ އެވެ. އެމްޑީޕީގެ ގިނަ ސަޕޯޓަރުން އަންނީ ސޯޝަލް މީޑިއާގައި އަމްރުއަށް މަރުހަބާ ކިޔަމުންނެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާއަށް އަމްރު ވާދަކުރެއްވި އެވެ. ފަސް ކެންޑިޑޭޓުން ވާދަކުރި އެ އިންތިހާބުގައި އަމްރު ދިޔައީ ތިން ވަނައަށެވެ.
އަމްރުގެ އިތުރުން ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ އިތުރު ބޭފުޅުންތަކެއް ވަރަށް އަވަހަށް އެމްޑީޕީއަށް ސޮއިކުރަން ހަމަޖެހިފައިވާކަން "ހުރިހާ"އަށް ވަނީ ކަށަވަރުވެފަ އެވެ.
ބޮއިކޮޓް ކުރިޔަސް ކާންޔޭގެ ކޮންސެޓު ކުރިއަށް!
ރައްދުގައި ކަމަށް ބުނެ އެމެރިކާއިން އީރާނަށް ހަމަލާ ދޭތާ 2 ދުވަސް
މަނީ ލޯންޑްރިންގެ މައްސަލަ ޖެކޮލީން އަނބުރާ ގެންގޮސްފި
