ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ހަށިގަނޑުން 2.5 އިންޗި ދިގުމިނުގެ ވަޅިތިލައެއް ނެގި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ސައިފް ދިރިއުޅޭ ގެއަށް ވަގަކު ހުއްޓުވުމަށް އޭނާ ކުރި މަސައްކަތުގެ ތެރެއިން ހިނގި ކުރިމަތިލުމެއްގައި އެ މީހާ ވަނީ ސައިފްގެ ހަށިގަނޑުގެ ފަސް ތަނަކަށް ވަޅިން ހަމަލާ ދީފަ އެވެ.
އެ ހަމަލާއާއެކު ސައިފް މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި ސާޖަރީއެއް ކުރި އެވެ. އަދި އޭނާގެ ހަށިގަނޑަށް ހަރާފައިވާ ވަޅިތިލަ ނެގި އެވެ.
އެ ވަޅިތިލައިގެ ފޮޓޯތަކެއް މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނައިރު އެވަރުގެ ވަޅިތިލައަކުން ހަށިގަނޑަށް ބޮޑު ޒަހަމްތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ސައިފްގެ ސާޖަރީއަށްފަހު ދެ ދުވަސް ވަންދެން އޭނާއަށް އައިސީޔޫގައި ފަރުވާ ދިނެވެ. އެހެން ނަމަވެސް މިހާރު އައިސީޔޫއިން ނެރެ އާދައިގެ ކޮޓަރިއަކަށް ބަދަލު ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ސައިފްއަށް ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މުމްބާއީގެ ބެންޑްރާ ރެއިލްވޭ ސްޓޭޝަނުންނެވެ.
ގައިމު އެޔޮ ފިލްމުތަކުގަ ވަރަށް ގަދަވެފަ އުޅެނީ…އަސްލުކޮށް ފައިޓް ކޮއްލަން ލިބުނީމަ ސައިޒައް ކަނޱާލާފަ އެއޮތީ…މަ ހީކުރީ އަސްލުކޮށް ވެސް މިޔޮމީ ވ ގަދަމީހެކޭ ކުރިން..މިހާރު އެނގިއްޖެ މީ ބޮޓެއްކަން