އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯއެއް ކަމަށްވާ ބިގްބޮސްގެ 18 ސީޒަންގެ ޓްރޮފީ މަގުބޫލު ޓީވީ ތަރި ކަރަންވީރު މެހެރާ އުފުލާލައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ބޭއްވި ފިނާލޭގައި ކަރަންއަށް އެއްވަަނަ ލިބިފައިވަނީ އޭނާއާ ވާދަކުރި ވިވިއަން ޑިސެނާ ބެލުންތެރިންގެ ވޯޓުން ބަލިކޮށްގެންނެވެ.
ވިވިއަންއަށް ޝޯގެ ރަނަރަޕްކަން ލިބުނުއިރު ސެކަންޑް ރަނަރަޕްކަން ލިބިފައިވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ރަޖަތު ދަލާލް އެވެ.
ކަރަންވީރު ބިގްބޮސް ކާމިޔާބު ކުރުމާއެކު އޭނާ ވެފައިވަނީ ބިގްބޮސްއާއި ހަތުރޯންކޭ ކިލާޑީ ކާމިޔާބުކުރި ދެވަނަ އެކްޓަރަށެވެ. މީގެ ކުރިން އެ ދެ ޝޯގެ އެއްވަނަ ހާސިލްކުރި ހަމައެކަނި ތަރިއަކީ ސިދްހާތު ޝުކްލާ އެވެ.
ބިގްބޮސް 18ގެ އެއްވަނަ ކަރަންއަށް ލިބިފައިވާއިރު، ގިނަ ބަޔަކު އަންނަނީ އޭނާއަށް އެ މަގާމު ހައްގު ނޫން ކަމަށް ބުނަމުންނެވެ. އެމީހުން ބުނަނީ އެއްވަނަ ލިބެންޖެހޭނީ ވިވިއަންއަށް ކަމަށެވެ.
އާއްމުންނަށް ކަރަންވީރު ފާހަގަވެފައިވަނީ ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"އާއި ޒީޓީވީގެ "ޕަވިތުރާ ރިޝްތާ"ގައި އޭނާ ދެއްކި ރޯލުތަކުންނެވެ.
ނަޝީދު ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް މާ ފިނި ކަމަށް
ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
ޝާހްރުކް ޚާންއަށް 60 އަހަރު!