ރަންބީރު ކަޕޫރުއަކީ އޭނާގެ ބައްޕަ ރިޝީ ކަޕޫރަށްވުރެ ވިސްނުން ރަނގަޅު މީހެއް ކަމަށް ބޮލީވުޑްގެ ވެޓެރަން އެކްޓަރު ގޯވިންދު ނާމްދޭވް ބުނެފި އެވެ.

ނާމްދޭވް މި ބީދައިން ވާހަކަ ދައްކާފައިވަނީ އެ ދެތަރިންނާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާއާ ބެހޭގޮތުން އިންޓަވިއުއެއްގައި ސުވާލު ކުރެވުމުންނެވެ.

ނާމްދޭވް ބުނި ގޮތުގައި ރަންބީރުއަކީ މަސައްކަތުގައި ރިޝީއަށްވުރެ ކެތްތެރި، ކައިރީގައި އުޅޭ މީހުންނާ މާ ގާތް އަދި ކަންކަމުގައި ރަނގަޅު ގޮތް އިސްކުރާ އެކްޓަރެއް ކަމަށެވެ.

"ޗިންޓޫ މިހާރު ނެތީމަ އޭނާގެ ވާހަކައެއް މާ ގިނައެއް ނުދެއްކޭނެ. އެކަމަކު އަހަންނަށް ފާހަގަވި ގޮތުގައި ރަންބީރުއަކީ މާ ހަރުދަނާ މީހެއް" ނާމްދޭވް ބުންޏެވެ.

ނާމްދޭވް ވަނީ 1996 ވަނަ އަހަރު ނުކުތް ފިލްމު "ޕްރޭމް ގާންތު"ގައި ރިޝީއާއެކު މަސައްކަތް ކޮށްފަ އެވެ. އޭގެ އަހަރުތަކެއް ފަހުން 2000 ވަނަ އަހަރު "ރާޖޫ ޗާޗާ"ގައި ވެސް އެ ދެމީހުން އެކުގައި މަސައްކަތްކުރި އެވެ.

ރަންބީރުއާއެކު ނާމްދޭވް މަސައްކަތް ކޮށްފައިވަނީ 2009 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ"ގަ އެވެ.