46 ވަނަ އޮސްކާ އެކަޑަމީ އެވޯޑްސްގައި ވިލް ސްމިތުއާއި ކްރިސް ރޮކްއާ ދެމެދު ހިނގި ކަންތައްތަކަށްފަހު ވިލްއަށް ފުރަތަމަ ފަހަރަށް އެވޯޑް ޝޯއެއްގެ ހާއްސަ ދައުވަތެއް ލިބިއްޖެ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ މާޗު މަހު ބާއްވާ ގްރެމީ އެވޯޑްސްގައި އެވޯޑެއް ހުށައަޅައިދިނުމުގެ ފުރުސަތު އެ އެވޯޑު އިންތިޒާމުކުރާ ފަރާތުން ވިލްއަށް ވަނީ ދީފަ އެވެ.

މިއީ 2022 ވަނަ އަހަރު ހިނގި ކަންތައްތަކަށްފަހު ދުނިޔޭގެ ބޮޑު އެވޯޑް ޝޯއަކުން ވިލްއަށް މިފަދަ ފުރުސަތެއް ދޭ ފުރަތަމަ ފަހަރެވެ.

އެ އަހަރުގެ އޮސްކާ އެވޯޑުގައި ވިލްގެ އަންހެނުންނާ ގުޅިގެން ކްރިސް ކުރި ސަމާސާއެއްގެ ސަބަބުން ވިލް ވަނީ ކްރިސްގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހާފަ އެވެ.

އެ ހާދިސާއަށްފަހު މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކުން ވިލް ބްލެކް ލިސްޓް ކުރެވި ދާއިރާގައި އޭނާ ވަރަށް ބޮޑަށް އެކަހެރި ކުރެވުނެވެ.

މި އަހަރުގެ ގްރެމީސްގައި ވިލް ފެނިގެންދާނެ ކަމަށް އިއުލާން ކުރެވުމުން އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އުފާ ފާޅު ކުރަމުންނެވެ.