ރޯދަމާ ދިމާކޮށް މީޑިއާނެޓުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެެވެ.

މި ޕްރޮމޯޝަންގައި ބޮޑު އިނާމަކަށް 50،000ރ. ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"މީޑިއާ ނެޓު ރޯދަ ހަދިޔާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި ކަސްޓަމަރުންނަށް ފައިސާގެ އިނާމު ލިބޭނެ އެވެ.

މީޑިއާނެޓުން ބުނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ހިދުމަތް ހޯދާ ކަސްޓަމަރުންނާއި އަލަށް އެ ކުންފުންޏާ ގުޅޭ ކަސްޓަމަރުން ވެސް އޮޓަމެޓިކުން ބައިވެރިވާނެ ކަމަށެވެ.

މީޑިއާނެޓުގެ މި ޕްރޮމޯޝަންގައި ބޮޑު އިނާމަކަށް 50،000ރ. ލިބޭނެ

ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10،000ރ.ގެ ފައިސާގެ އިނާމު ދޭނެ ޕްރިމިއަމް "ވޯންޓް އިޓް އޯލް" ޕެކޭޖަށް ސަބްސްކްރައިބު ކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50،000ރ. ދޭނެމި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މީޑިއާނެޓުގެ ކަސްޓަމަރަކަށް ވާން ބޭނުން ނަމަ، އެ ކުންފުނީގެ ވެބްސައިޓަށް ޒިޔާރަތްކޮށް ހިދުމަތަށް އެދެވޭނެ އެވެ.