ލިއޮނާޑޯ ޑާވިންސީގެ މަޝްހޫރު ކުރެހުމެއް ކަމަށްވާ "މޮނާ ލިސާ" މިހާރު ބަހައްޓާފައިވާ ފްރާންސްގެ ލޫވް މިއުޒިއަމްގައި އެ ކުރެހުމަށް ހާއްސަ ކޮޓަރިއެއް ހަދަން ނިންމައިފި އެވެ.
ލޫވް މިއުޒިއަމް ތަރައްގީ ކުރަން 10 އަހަރު ދުވަހަށް ބަހާލައިގެން އެކުލަވާލާފައިވާ އެ ޕްލޭންގައި އެ ކުރެހުން އެކަނި ބަހައްޓަން ކޮޓަރިއެއް ވަނީ ހަމަޖައްސާފަ އެވެ.
މިވަގުތު މޮނާލީސާ ބަހައްޓާފައިހުރީ ބައެއް އެހެން ކުރެހުންތަކަކާއެކު ކަމަށްވާއިރު އެ ތަނުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތވެ އެވެ.
އެގޮތުން އެހުރިހާ ކުރެހުމެއް ބަލާލަން އެތަނަށް ވަންނަ މީހުން ތޮއްޖެހި ފަތުރުވެރިންގެ ޝަކުވާތައް ވެސް ލިބެމުން އަންނަ ކަމަށް ފަރާންސްގެ އިދާރާތަކުން ބުނެ އެވެ.
މޮނާ ލިސާއަކީ ކޮލަމްބިއާގެ ދަތުރުވެރިއެއް ކަމަށްވާ ލިއޮނާޑޯ ޑާވިންސީ ކުރަހާފައިވާ މިއަދާ ހަމައަށް އޭގެ އަގު އެންމެ ބޮޑުކޮށް ހުރި ކުރެހުމެވެ.
ގުދުރަތީ މަންޒަރުތަކުން ލުއިތަކެއް ލިބޭ
ކުލަ ބަދަލުވާ ކުޅިތަކުގެ ސިއްރު: ޕްލިޓްވިސޭގެ ގުދުރަތީ ކުރެހުން!
އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ބާއްވާނެ ތާރީހެއް ކަނޑަނާޅާ