މާލޭގެ ކެފޭއެއްގައި މިއަދު މެންދުރުފަހު ދެ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީގައި ޒަޚަމްވި އެކެއްގެ ހާލު ސީރިސް ކަމަށް ފުލުހުން ބުނެފި އެވެ.

މާވެޔޮމަގުގައި ހިންގާ ކެފޭތާސީރު-1ގައި ހިނގި މާރާމާރި އާ ގުޅޭގޮތުން ފުލުހުން ބުނީ އެކަން ހިނގާފައި ވަނީ ކެފޭގެ ކައްކާއަކަށް އުޅޭ ނޭޕާލް މީހަކާއި އެހީތެރިއަކަށް އުޅޭ ބަންގްލަދޭޝް މީހަކާ ދެމެދު ކަމަށެވެ.

މާރާމާރީގެ ވީޑީއޯއެއް އާއްމުވެފައިވާ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުން އެތަނުން އެކަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އޭނާގެ ޓީޝާޓުގަ އާއި އަތުގަ އަދި ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުރިތަންވެސް ފެނެ އެވެ.

ފުލުހުން ބުނީ މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށާއި އެދެމީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭގެތެރެއިން ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށެވެ.

2022 ވަނަ ހުޅުމާލެގައި ހިންގާ ރެސްޓޯރެންޓެއްގައި ކައްކާއަކާއި ވޭޓަރަކާ ދެމެދު ހިނގި މާރާމާރީއެއްގައި ބަންގްލަދޭޝްގެ ވޭޓަރު ވަނީ މަރުވެފަ އެވެ. ކައްކާއަކީ ޕާކިސްތާނު މީހެކެވެ.