ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާއި އޭނާގެ އަންހެނުން ހެއިލީ ބީބާ ވެސް އަގުބޮޑު ވަރިއަކާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އެއާއިލާއާ ގާތް ބައެއް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެމީހުންގެ މެދުގައި މައްސަލަތައް ގޯސްވެ ކައިވެނި އޮތީ "ރޮއްޖެއްގެ އެހީގަ" އެވެ.

ޖަސްޓިންއާއި ހެއިލީގެ ކައިވެނީގައި މައްސަލަ ޖެހެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ޖަސްޓިން މަސްތުވާތަކެތި ބޭނުންކުރުމާއި ހެއިލާއާ ދޭތެރޭ ކަންތައްތައް ކުރާ ގޮތް ކަމަށް ބުނެވެ އެވެ.

އެގޮތުން ކައިވެނީގައި ހެއިލީއަށް މާ ބޮޑު އުފަލެއް ނުލިބޭ ކަމަށާއި ވަރަށް އަވަހަށް އޭނާ ވަރިއަށް އެދުމުގެ ފުރުސަތު އެބައޮތް ކަމަށް ހަބަރުތައް ބުނެ އެވެ.

ޖަސްޓިންއާއި ހެއިލީގެ މިލްކިއްޔާތަށް ބަލާއިރު އެ ދެމީހުންގެ ވަރީގެ ކަންކަން ނިމިގެންދާއިރު އެކަމުގައި ހޭދަވާ އަގު 300 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.

މިފަހުން ހޮލީވުޑްގެ ބައެއް އެހެން ތަރިން ވެސް ވަނީ އަގުބޮޑު ވަރިއަކުން އެމީހުންގެ ކައިވެނި ނިންމާލާފަ އެވެ. އެގޮތުން ބެން އެފްލެކް - ޖެނިފާ ގާނާ އަދި ޖެނިފާ ލޮޕޭޒް - ބްރެޑް ޕިޓްގެ ވަރީގެ މައްސަލަ ފާހަގަކުރެވެ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ޖަސްޓިންއާއި ހެއިލީގެ ކައިވެންޏަށް 2024 ވަނަ އަހަރު ފިރިހެން ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ.