ބޮލީވުޑްގެ ތަރި އަދި އިންފުލުއެންސަރު އުރްފީ ޖާވިދު ކައިވެނި ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.
އުރްފީ ކައިވެނި ކުރަން އުޅޭ ކަމަށް އަޑުތައް ފެތުރިފައިވަނީ އޭނާއާއި ކާކުކަން ނޭނގޭ ފިރިހެނަކު އެންގޭޖްވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
އެ ފޮޓޯ ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު އުރްފީއަށް މަރުހަބާ ކީ ނަމަވެސް ބައެއް މީހުން ވަނީ އެއީ ހަގީގަތެއް ނޫން ކަމަށް ވެސް ބުނެފަ އެވެ.
އެންމެ ފަހުން އުރްފީ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އެ ވާހަކަތަކަށް ރައްދުދީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދީފަ އެވެ.
އެގޮތުން ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ކުރިއަށް އޮތް ޝޯއެއް ކަމަށްވާ "އެންގޭޖްޑް"ގެ ޕޯސްޓަރެއް އޭނާގެ ސްޓޯރީގައި ހިއްސާކުރިއިރު އެ ޕޯސްޓަރުގައި ވެސް ބޭނުން ކޮށްފައިވަނީ ހަމަ އެ ފޮޓޯ އެވެ.
އެހެން ކަމުން މީޑިއާގައި ދައުރުވި ފޮޓޯއަކީ އުރުފީގެ ކުރިއަށް އޮތް ޝޯގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއްކަން އެނގިގެން ދިޔަ އެވެ.
އުރްފީއަކީ އޭނާގެ ތަފާތު ހެދުންތަކާއި ކަންކަމުގައި ގެންގުޅޭ ތަފާތު ހިޔާލުގެ ސަބަބުން އާއްމުންގެ ސަމާލުކަން އަބަދުވެސް ހޯދާ ތަރިއެކެވެ.
ހޮރްމޫޒް ކަނޑުއޮޅި އެމެރިކާގެ ތަނެއްގެ ގޮތުގައި ކަނޑައަޅަނީ
ޝާހިދު ރިޔާސީ ކެމްޕޭން ފައްޓަވައިފި
އަމީތާބަށްފަހު އެންމެ މަގުބޫލު ތަރިއަކީ އަހަރެން: ކަންގަނާ