ބޭރުގެ ނުފޫޒން އެއްކިބާވެ ހުންނަވާ ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވުނީތީ އުފާފުޅު ކުރައްވާ ކަމަށް ކުރިގެ ރައީސް، އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި އޯޑިއަންސްގައި އިންނަވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ރޭގެ ޖަލްސާގެ ސްޕީކާ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ގައުމުގެ މިނިވަންކަން ދަމަހައްޓަން އިގްތިސޯދީ ފުދުންތެރިކަމުގެ މުހިއްމުކަމުގެ ވާހަކަ ދެއްކެވުމުން ރައީސް ޔާމީން ވަނީ މިނިވަންކަން ދެމެހެއްޓެމަށް އެންމެ މުހިއްމު ކަމަކީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ ހުރެ ވެރިކަން ކުރާނެ ވެރިންތަކެއް ތިބުން ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު އެންމެ އުފާކުރައްވަނީ އެމަނިކުފާނުގެ ދައުރުގައި ގައުމީ ވެރިކަމެއް ކޮށްދެވުމުން ކަމަށާ އެއީ ބޭރުގެ އެއްވެސް ނުފޫޒެއްގައި ނުޖެހި ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ފުރިހަމައަށް ދަމަހައްޓައިގެން ވެރިކަން ކުރެއްވުން ކަމަށެވެ.

އަޅުގަޑު ތިކަން ދެކޭގޮތަކީ، އަޅުގަޑުގެ ވެރިކަމުގައި ގައުމީ ސިފައެކުލެވާ ކަމުގައި ވަންޏާ އަޅުގަޑު އެންމެ އުފާވަނީ އަޅުަގަޑުގެ ވެރިކަމަކީ ދާހިލީ ހާރިޖީ މިނިވަންކަން ފުރިހަމައަށް އިސްތިގުލާލު ދިވެހިރާއްޖެއަށް އޮވެގެން ފުރިހަމައަށް ދިވެހިރާއްޖޭގެ ވެރިކަން ބޭރުގެ އެއްވެސް ބައެއްގެ އެއްވެސް ނުފޫޒެއް ނެތި ހިންގުނު ހިންގުން. ކަނޑު ވިއްކުމާ ބިން ވިއްކުމާ ބޭރު ގައުމުގެ ސިފައިން ގެނައުމާ މިހުރީ އަޅުގަޑުމެންނާ ބީރައްޓެހި އާދަ. މިހާރު އެހުރީ އަޅުގަޑުމެންގެ އާދަކާދައިގެ ތެރެއަށް ވަދެފަ. އެހެންވީމަ ގައުމީ ވެރިކަމެއް ކުރާ ކަމަށް ވަންޏާ ވެރިން މިނަން ޖެހޭނީ ގައުމީ ބަހާތަކުގެ ތެރޭގައި ކޮބާހޭ މީނަ ހައު ވެލް ޑިޑް ހީ ޑޫ ކޮމްޕެއާޑް ޓު އަދާ ޕީޕަލް. ހުރިހާ ގައުމުތަކާ ވެސް އަޅުގަޑުމެން ރަހްމަތްތެރި. އެކަމު އެއީ އަޅުގަޑުމެންނާ އެމީހުން ރެސިޕްރޮގޭޓޫ ކުރާ ކަމުގައި ވަންޏާ. އަޅުގަޑުމެންގެ އިސްތިގުލާލާ އަޅުގަޑުމެންގެ މިނިވަންކަމާ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެއަށް އެމީހުން އިހުތިރާމުކުރާކަމުގައި ވަންޏާ އަޅުގަޑުމެންގެ ރެސްޕެކްޓު އެ ގައުމުތަކަށް އޮވެގެން ހުރިހާ އެކުވެރި ގައުމުތަކަކަކީ އަޅުަގޑުމެންގެ އެކުވެރިން. ހަތުރު އެއްވެސް ގައުމެއް ނެތް. އެކަމަކު އަޅުަގޑުމެންގެ މިނިވަންކަމާ އަޅުގަޑުމެންގެ ސަރަހައްދުގެ މިނިވަންކަމަށް ގޮންޖަހާލާނެ އެއްވެސް ކަމަކަށް ޖާގަ ނުދީ އަޅުގަޑުމެންގެ ދާހިލީ ސިޔާސަތަށް ފާޑުކިޔަން ޖާގަ ނުދީ، އަޅުގަޑުމެން ހާރިޖީ ސިޔާސަތަކީ ވަކި ބަޔަކު ރުހޭ ގޮތަށް ބައްޓަން ކުރަން ޖެހޭ ސިޔާސަތަކަށް ނުވާ ކަމަށް ބަންޏާ އެއީ ގައުމީ ސިފަ އަންނަނީ
ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ކުރިން އައި ބައެއް ވެރިންނާ އަދި އެމަނިކުފާނުގެ ވެރިކަމުގެ ފަހުން އައި ވެރިންވެސް ބޭރުގެ ނުފޫޒު އިންތިހާއަށް ގައުމުގެ ހާރިޖީ އަދި ދާހިލީ ސިޔާސަތުގެ ތެރެއަށް ވައްދާފައިވާ ކަމަށާ އެކަމާ އެމަނިކުފާނު ނުހަނު ހިތްޕުޅު ދަތިވާ ކަމަށެވެ.