އިނގިރޭސި ވިލާތުގައި އޮންނަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ރަސްކަމެވެ. ވިލާތަކީ އެފަދަ ދެވަނައެއް ނުވާ އިނގިރޭސި ވިލާތަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ރަސްކަމެއް ނަމަވެސް އެ ރަސްކަމާ ބެހޭ ގޮތުން އާއްމުކޮށް ނޭނގޭ ބައެއް ކަންތައް ހުރެ އެވެ. ދިވެހިންގެ މެދުގައި ވެސް މަގުބޫލުވަމުން އަންނަ އެ ގައުމަށް ދަތުރު ކުރާއިރު ވެސް އެކަންކަން ގިނަ ފަހަރަކަށް ނޭނގެ އެވެ.

ޖުމްލަ 4 ގައުމެއް

އިނގިރޭސި ވިލާތް ނުވަތަ ޔުނައިޓެޑް ކިންގްޑަމްއޭ ބުނުމުން ގިނަ ބަޔަކަށް ސިފަވަނީ ލަންޑަން ހިމެނޭ ގައުމެވެ. ނަމަވެސް ހަގީގަތަކީ އިނގިރޭސި ވިލާތަކީ ޖުމްލަ ހަތަރު ގައުމެއް އެކުލެވިގެން އުފެދިފައިވާ ރަސްކަމެއް ކަމެވެ. އެއީ އިންގްލެންޑް، ސްކޮޓްލޭންޑް، ވޭލްސް އަދި އުތުރު އަޔަލޭންޑް އެވެ.

އެންމެ ދުވަސްވީ ރޭލު ދަތުރުފަތުރު

އިނގިރޭސި ވިލާތުގެ ބިމުއަޑީގައިވާ ރޭލު ދަތުރުފަަތުރުގެ ނިޒާމަކީ ދުނިޔޭގައި އެންމެ ދުވަސްވީ އެފަދަ ނިޒާމެވެ. އެ ނިޒާމް އިފްތިތާހް ކުރެވުނީ 1863 ވަނަ އަހަރު އެވެ. އެއާއެކު ދުނިޔޭގެ ތާރީހުން ފެންނަން އޮތް އެންމެ ދުވަސްވީ އަވަށް "ކޮލްޗެސްޓާ"އަކީ ވެސް އިނގިރޭސި ވިލާތުގެ ބާރު ހިނގާ އަވަށެކެވެ.

މަޝްހޫރު އެތައް ޝަހްސިއްޔަތެއް

މުނިފޫހި ފިލުވުމުގެ ދާއިރާގެ އެތައް ކަމެއް އިނގިރޭސި ވިލާތާ ގުޅިފައިވެ އެވެ. އެގޮތުން ދުނިޔެއަށް މަޝްހޫރު ލިޔުންތެރިން ކަމަށްވާ ވިލިއަމް ޝޭކްސްޕިއާ، ޖޭކޭ ރޯލިން އަދި ޗާލްސް ޑިކެންސްއަކީ ވެސް އިނގިރޭސިވިލާތުގެ މަޝްހޫރު ސަޚުސިއްޔަތުންނެވެ. އޭގެ އިތުރުން މަޝްހޫރު މިއުޒިކް ބޭންޑް "ބީޓްލްސް"އަކީ ވެސް އިންގްލޭންޑްގެ ލިވަޕޫލަށް ނިސްބަތްވާ ބޭންޑެކެވެ.

ދުނިޔޭގެ ބިމުގެ ބޮޑު ހިއްސާއެއްގެ ބާރު

އިނގިރޭސި ވިލާތުގެ ރަސްކަމަކީ ދުނިޔޭގައި ނުފޫޒުގަދަ ރަސްމެއްކަން އެނގޭ އެއް ކަމަކީ މުޅި ދުނިޔޭގެ ބިމުގެ ހަ ބައިކުޅަ އެއް ބަޔަކީ އެ ރަސްކަމުގެ ބާރުގެ ދަށުގައިވާ ބިންތަކަކަށް ވުމެވެ.

ފުޓްބޯޅައިގެ އަސްލު

ދިވެހި ރާއްޖޭގައި ވެސް އެންމެ މަގުބޫލު ކުޅިވަރުގެ ގޮތުގައި ބެލެވިފައި އޮންނަ ފުޓްބޯޅައިގެ އަސްލަކީ އިނގިރޭސި ވިލާތް ކަމަށް ތާރީހުގެ ސަފްހާތަކުން ދައްކަ އެވެ.