ފިވެހިރާއްޖޭގައި ޑީޕް ސްޓޭޓެއް ނުވަތަ އަނދިރި ދައުލަތެއް އުފެދިއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ޕީއެންއެުން ބޭއްވި ޖަގަހަ ޖަލްސާގއި އޯޑިއެންސްގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ނެވެ.
ފަނޑިޔާރުގެތަކުގެ ގާނޫނަށް އިސްލާހު ގެނެސް ރައީސް ޑރ މުހައްމަދު މުއިއްޒު މަޖިލިސް މެދުވެރިކޮށް ސުޕްރީމު ކޯޓަށް ބިރުދައްކަވަމުން ގެންދާކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، މިއަދު ފެންނަމުން ދަނީ، އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައުމަށް ކުރިމަތިވާން ފެށުމުން ވެރިކަމުގެ ދިފާއުގައި ފަނޑިޔާރުގެތަކާ ކުޅުނު ކުޅުމުގެ މުޑުދާރު މާޒީ އިޔާދަކުރަމުން ގެންދާ މަންޒަރު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ދިފާއުގައި ފަނޑިޔާރުގެތަކާ ކުޅުއްވަން އުޅުއްވާ ކަމަށާ އޭގެ ސަބަބުން އަނދިި ދައުލަތެއް އުފެދިފައިވާ ކަމަށެވެ،
ރައީސް ޔާމީން ވިދާޅުވީ ތިން ބާރު މިހާރު އޮތީ ރައީސް މުއިއްޒުގެ މުށު ތެރޭގައި ކަމަށާ އެހާ ހިސާބުން އިންޓަރގިރިޓިއާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
ރޭގަނޑުގެ އަރާމު ނިންޖަކަށް ކޮފީ ބުއިން ހުއްޓާލަންވީ ކޮން އިރަކު؟
