ސުލޫކީ މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މަހާޒު ހާޒިރުކުރަނީ މާދަމާ އެވެ. އަދި އަޒްމިރަލްދާ ހާޒިރު ކުރަނީ އަންނަ ހޯމަ ދުވަހު އެވެ.
އެ ދެ ފަނޑިޔާރުން ހާޒިރުކުރަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބަށް ނުފޫޒުފޯރުވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލަ އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ.
އެ ދެ ފަނޑިޔާރުންގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ. އެއީ ހައިކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއަށް ބެވިއިރު، އެވަގުތު އެ ވާހަކަ އަޑުއަހަން އެތަނުގައި ތިބި މައްސަލައެވެ.
ނާސްތާ ދޫކޮށްލުމަކީ "އިންޓަމިޓެންޓް ފާސްޓިން" އެއް ނޫން!
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22 ރުފިޔާއަށް އުފުލިއްޖެ
މަހާޖައްރާފުތައް ސާވިސްކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ހަދަނީ
