ސަތޭކަ އަހަރު ވަންދެން ފޮރުވިފައި ހުރި ވިންސެންޓް ވޭން ގޯގެ ކުރެހުމެއް، ނީލަމުގައި 11 މިލިއަން ޔޫރޯއަށް ވިކިއްޖެ އެވެ.

ސޮތެބައި އިން ބުނިގޮތުގައި މިއީ ފްރާންސްގައި ޑަޗް އަށް ނިސްބަތްވާ ކުރެހުންތެރިއެއްގެ ކުރެހުމެއް މިހާ ބޮޑު އަދަދަކަށް ވިކުނު ފަހަރެވެ. އަދި މިއީ ރިކޯޑް އަދަދެެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެކުރިން އަންދާޒާ ކުރެވިފައިވާ ގޮތުގައި މޮންޓްމާޓޭގެ މަގެއްގެ މަންޒަރު ފެންނަ ކުރެހުންތައް އެންމެ ބޮޑު އަގަކަށް ވެސް ވިކޭނީ 8 މިލިއަން ޔޫރޯއަށެވެ.

ޕެރިންސްގެ މަގެއް ދައްކުވައިދޭ މި ކުރެހުން ކުރަހާފައިވަނީ 1887 ވަނަ އަހަރުގަ އެވެ. އަދި މިހާ ދުވަސް ވަންދެން މި ކުރެހުން ހުރީ ފްރާންސްއަށް ނިސްބަތްވާ އާއިލީ މުދަލެއްގެ ގޮތުގަ އެވެ.

މި ކުރެހުމަކީ 1886 އަކާއި 1887 އާއި ދެމެދު ވޭން ގޯ އާއި އޭނާގެ ބޭބެ އެކުގައި ޕެރިހުގައި އުޅުނު އިރު ކުރަހާފައިވާ ކުރެހުމެކެވެ. ސައުތް ފްރާންސް އަށް ދިއުމަށް ވޭން ގޯ ޕެރިހުން ފުރީ 1888 ގަ އެވެ. އޭނާ މަރުވީ 1890 ވަނަ އަހަރު ޕެރިސްގެ ކައިރީ ހިސާބެއްގަ އެވެ.