ސަރުކާރުން ހިންގާ މުހިންމު މަޝްރޫއުތައް ހިމެނޭ ގަރާރެއް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވިއިރު، އޭގައި އައްޑޫ ސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ ވާހަކަ ނެތެވެ.
އައްޑޫ ސިޓީ ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއީ އައްޑުއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ އައްޑޫ ބްރިޖްގެ ސާވޭގެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.
ސާވޭގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ ތެރޭގައި ބްރިޖްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެ ޕްރޮޖެކްޓްގެ ވާހަކައެއް ސަރުކާރުން މިހާރު ނުދައްކައެވެ. އެ ސާވޭއަށް ވީގޮތެއް ވެސް ނޭނގެއެވެ.
ރައީސް މުއިއްޒު ވެސް މިހާރު ބްރިޖްގެ ވާހަކަ ނުދައްކަވައެވެ.
މީގެއިތުރުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓްގެ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ގެނެފިވައިނުވާތީ، އެ ސިޓީގެ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ
އިލެކްޝަންސް ކޮމިޝަނަށް ޕީއެންސީގެ ޝަކީލް އައްޔަންކޮށްފި
މި ސަރަހައްދުގެ ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކަށް ރާއްޖެ
