ހުޅުމާލޭގައި މިއަދު ހަވީރު ވެހިކަލް ދުއްވުމުގެ ހުއްދަ ހުރިހާ ފާރަތްތަކަށް މާލޭ ސިޓީ ކައުންސިލުން ދީފިއެވެ.
ކުރިން ސިޓީ ކައުންސިލުން ނިންމީ މިއަދު ހަވީރު 16:00 އިން ފެށިގެން 18:00އަށް ހުޅުމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ.
ނަމަވެސް ސިޓީ ކައުންސިލުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ގަޑިތަކުގައި ވެހިކަލް ދުއްވުން މިހާރު މަނާވާނީ މާލެ އާއި ވިލިމާލޭގައި އެކަނި ކަމަށެވެ.
ވެހިކަލް ދުއްވުން މަނާވިޔަސް އިމަޖެންސީ ހާލަތުގައި ހުއްދަ ދެވިފައިވާ ވެހިކަލްތަކަށް ދަތުރުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެގޮތުން އެ ކައުންސިލުން މިއަދު ހެނދުނު ވަނީ އިމަޖެންސީ ހާލަތުގައި މާލެ އާއި ވިލިމާލޭގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްސަ ސްޓިކާ ދޫކޮށްފައެވެ.
އެހެންކަމުން އެ ސްޓިކާ ނުލިބޭ ވެހިކަލެއް މާލެ އާއި ވިލިމާލޭގައި އެ ގަޑިތަކުގައި ދުއްވައިފިނަ،މަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.