ހއ. ކެލާ އަދި ކ. ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ކެލާ ފަޅުން ހިއްކަން ހަމަޖެހިފައިވާ 12.1 ހެކްޓަރުގެ ބިމާއި، ކާށިދޫ ފަޅުން ހިއްކާ 10 ހެކްޓަރުގެ ބިމުގައި ރިސޯޓު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ވާޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މޭ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ފަސްވަނަ ވަނަ ދުވަހެވެ.

ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރުމަށް ނިންމައި، އެކަމުގެ ދިރާސާތައް ފަށާފައި ވަނީ އެމްޑީޕީ ސަރުކާރުގަ އެވެ. ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް ނިންމެވިކަން އިއުލާން ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެންނެވި ދަތުރުފުޅުގައި މިދިޔަ ފެބްރުއަރީ މަހު އެވެ.