ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ވިޔަފާރީގެ މަރުކަޒީ ރަށް، ދުބާއީގައި ރޮބޮޓް ޓެކްސީގެ ހިދުމަތް ދޭން ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެ ގައުމުގެ މީޑިއާއިން ބުނާ ގޮތުގައި އިންސާނެއްގެ އެހީއާނުލާ ދަތުރު ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެ ޓެކްސީތަކުގެ ބައެއް ކާރުތައް މިހާރު ވެސް ހިދުމަތަށް ނެރެފައިވާ ކަމަށެވެ.
މިއީ ހިދުމަތުގެ ފެންވަރު އަޖުމަ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ޓެސްޓް މަރުހަލާ ކަމަށާއި ހިދުމަތް ރަނގަޅަށް ފެށޭނީ އަންނަ އަހަރު ކަމަށް ދުބާއީގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
އެގޮތުން މި ހިދުމަތް އެއްކޮށް ތައާރަފް ކުރަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ރޮބޯޓެކްސީގެ ކާރުތަކަކީ ތިމާވެށްޓާ ރައްޓެހި ކަސްޓމަރުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭ އަދި ބޭނުންކުރަން ފަސޭހަ ހިދުމަތަކަށް ވާނެ ކަމަށް ބުނެވެ އެވެ.
ދުބާއީއަކީ ދުނިޔޭގައި އެންމެ ޓެކްނޮލޮޖީއާ ރައްޓެހި އެއް ސިޓީއަށްވާއިރު އެ ސިޓީގައި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދަނީ ބޭނުން ކުރެވުމުންނެވެ.
ނާސްތާ ދޫކޮށްލުމަކީ "އިންޓަމިޓެންޓް ފާސްޓިން" އެއް ނޫން!
އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑް އިންޑިއާ އަންހެނަކަށް!
ސްކޭމްތަކުގައި 35 މިލިއަން ގެއްލުނުއިރު، ހޯދުނީ 13 މިލިއަން