ގައުމީ އެއާލައިން، މޯލްޑިވިއަނުން ސިޔާސީ ބޭފުޅުންނަށާއި ނުފޫޒުގަދަ މީހުންނަށް ޖާގަދޭން ފަހު ވަގުތު ފްލައިޓްތަކުގެ ޕަސެންޖަރުންގެ ލިސްޓުން އާއްމުން އުނިކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ، ޓޫރިސްޓަކަށް ޖާގަ ދޭން ކަމަށް ބުނެ އޮޅުވާލައި، މޯލްޑިވިއަންގެ ޕަސެންޖަރުންގެ ލިސްޓުން އާއްމުން އުނިކުރަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް މިއީ ސިޔާސީ ފަރާތްތަކާއި ނުފޫޒުގަދަ ފަރާތްތަކަށް ފްލައިޓުން ޖާގަދިނުމަށް ކުރާކަމެއް ކަމަށް ތުހުމަތުކޮށް މި އެކައުންޓުން ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އާއްމު ފަރާތަކުން ކުރި މެސެޖެއްގެ ސްކްރީން ޝޮޓެއް ހިއްސާކޮށްފަ އެވެ.
މި މެސެޖްގައި އެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދަތުރުކުރަނީ އެކުންފުނިން ބުނި ވަރަކަށް ފައިސާ ދައްކައިގެން ކަމަށްވާއިރު، ކުއްލިއަކަށް މެސެޖްކޮށްފައި، ދަންވަރު ފްލައިޓަށް ޓިކެޓް ބަދަލުކުރި ކަމަށް ބުނުމަކީ އިންސާފުތޯ ސުވާލުކޮށްފަ އެވެ.
އެ މީހާ ބުނިގޮތުގައި މާލެއިން ކޫއްޑޫއަށް އަށް ހަވީރު 5:30 ގައި އޮތް ފްލައިޓުން ދަތުރުކުރާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މޯލްޑިވިއަނުން އެ ރޭގެ 11:30 އަށް ޓިކެޓް ބަދަލުކޮށްފައި ވަނީ އެއްވެސް ވަރަކަށް އެހުމެއްނެތި އެވެ.
ދަންވަރުގަޑީގައި ލޯންޗް ދަތުރު ނުކުރާތީ، ފަޅުރަށެއްގައި ކުޑަ ކުދިން ގޮވައިގެން ރަށަށް ނުދެވި ތާށިވެފައި ތިބެން ޖެހޭކަން ފާހަގަކޮށް އެ މީހާ ބުނީ، ހެނދުނު ވަޒީފާއަށް ވެސް ނުކުންނަން ޖެހޭ ކަމަށެވެ.
މޯލްޑިވިއަނުން މިގޮތަށް ކަންކުރާ ކަމަށް ބުނިއިރު، މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވުމާއި ހިދުމަތްތަކުގެ ފެންވަރު ފަހަކަށް އައިސް ދަށްވުމުން ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.
ކުރީ ދުވަހު ވެސް މާފަރު އެއަރޕޯޓް އިން އަޅުގަނޑު ފުރަން ދިޔަފަހުން އެނގުނީ އެހެން ފްލައިޓްއަކަށް ބަދަލު ކޮއްފަކަން. ފަޒީލް ކިޔާ ސްޓޭސަން މެނޭޖަރ އަޅުގަނޑާ ވަރަށް ޒުވާބު ކުރި. ކަސްޓަމަރ ސަވިސް ހަމަ ސުމެއް. ފަޒީލްގެ ރައްޓެއްސަކަށް ޖާގަ ދޭން ރޭންޑަމް މީހަކު އެހެން ފްލައިޓް އަކަށް ބަދަލް ކޮއްލަނީ
ރިޕްލައި