ބޮލީވުޑް ތަރިންގެ ދަރިންނަކީ ވަރަށް ޅަ އުމުރުން ފެށިގެން ވެސް މުދާވެރިންނަށް ވާ ކުދިންނެވެ. އެގޮތުން މަޝްހޫރު ބޮލީވުޑް "ސްޓާ ކިޑްސް"ގެ މިލްކިއްޔާތުގައި އެތައް ކްރޯޑް ރުޕީސްއެއް ހުރެ އެވެ.
އެގޮތުން އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޮލީވުޑްގެ އެންމެ މުއްސަނދި "ސްޓާ ކިޑް"އަކީ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރުގެ ދަރިފުޅު ރަހާ ކަޕޫރެވެ.
ހަބަރުތައް ބުނާ ގޮތުގައި އުމުރުން އެންމެ އެއް އަހަރުގެ ރަހާގެ މިލްކިއްޔާތުގައި މިހާރު ވެސް 250 ކްރޯޑް ރުޕީސްގެ އަގުހުރި މުދާ އެބަހުއްޓެވެ.
އޭގެ ތެރޭގައި މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދުން ލަގްޒަރީ ބަންގްލާއެއް ވެސް ހިމެނޭއިރު ރަހާއަކީ އެންމެ ހަގު އުމުރެއްގައި ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަތް ބޮލީވުޑްގެ "ސްޓާ ކިޑް" އެވެ.
މީގެ ކުރިން ބޮލީވުޑްގެ އެންމެ މުއްސަނދި ދަރިންގެ ތެރޭގައި ހިމެނެނީ ޝާހްރުކް ޚާންގެ ކުދިން ކަމަށްވާ އާރްޔަން ޚާން، ސުހާނާ ޚާން އަދި އަބްރާމް ޚާން އެވެ.
އެހެން ނަމަވެސް ރަންބީރުއާއި އާލިއާ އެމީހުންގެ ދަރިފުޅަށް ގަނެދިން މުދާތަކާއެކު ރަހާ ވަނީ ޝާހްރުކް ޚާންގެ ދަރިން ފަހަތަށް ޖައްސާލާފަ އެވެ.