ސައިފް އަލީ ހާން އަށް މިއީ ވަރަށް ބުރަ ދުވަސްކޮޅެކެވެ. އޭނާ ދަނީ ބޮޑެތި ޕްރޮޖެކްޓްތަކުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ.
"ތަންހާޖީ" އަށް ފަހު އޭނާ އަށް ދަނީ ބޮޑެތި ޕްރޮޖެކްޓްތައް ލިބެމުންނެވެ. އެގޮތުން ރިތިކް ރޯޝަން ލީޑުން ފެނިގެންދާ ވިކްރަމް ވޭދާ ރިމޭކްގައި ސައިފް ހާން ކުޅުމަށް ހަމަޖެހިފައިވަނީ ފުލުހެއްގެ ރޯލެވެ. އޭނާ މި ރޯލު ކުޅެނީ 12 ކްރޯޑް ރުޕީސް އަށެވެ.
ރިޕޯޓުތައް ބުނާގޮތުން މިހާރު ސައިފް ހާން އަށް ހުށައަޅާ ހުރިހާ ފިލްމެއްވެސް ކުޅެދެނީ އެ އަގަށެވެ.
ވިކްރަމް ވޭދާ ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ މިމަހު އެވެ.
މިއަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ނުފެނިދާނެ!
"ލޮކް އަޕް"ގެ ތަޖުރިބާއިން ސުނީތާއަށް ލިބުނު ފިލާވަޅު ބުނެދީފި
ބޭންކުތަކުން 500 މިލިއަން ޑޮލަރު ގެންނަންޖެހޭ: ޔާމީން