މި ދުވަސްވަރު ހޮލީވުޑްގައި އެންމެ މަޝްހޫރު އެއް ޖޯޑު ޓިމޮތީ ޗަލަމެޓްއާއި ކައިލީ ޖެނާގެ ލޯބީގެ ހަޔާތާ ބެހޭގޮތުން ޓިމޮތީގެ މަންމަ ނިކޯލް ފްލެންޑާ ދެކޭ ގޮތް އޭނާ ހާމަކޮށްފި އެވެ.
މިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނިކޯލް ވަނީ އޭނާގެ ދަރިފުޅާއި ކައިލީގެ ގުޅުމަށް ފާޅުކަން ބޮޑުގޮތެއްގައި ރުހުން ދީފަ އެވެ.
"އޭނާ (ކައިލީ)އަކީ ވަރަށް ރަނގަޅު ކުއްޖެއް. އަހަންނަށް ވެސް އޭނާ ވަރަށް ކަމޭހިތާނެ،" އެ އިންޓަވިއުގެ ތެރެއިން ނިކޯލް ބުނެފައިވެ އެވެ.
ހޮލީވުޑްގެ އެކްޓަރު ޓިމޮތީއާއި މޮޑެލް ކައިލީގެ ލޯބީގެ ވާހަކަ މީޑިއާއަށް އެންމެ ފުރަތަމަ ފެންމަތި ވެފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
އޭގެ ފަހުން އެ ދެތަރިން އެކުގައި އެކި ތަންތަނުން ފެންނައިރު މިއަހަރުގެ ކުރީކޮޅު ހޮލީވުޑްގެ ބައެއް މަޝްހޫރު ހަފްލާތަކަށް ވެސް ޓިމޮތީއާއެކު ކައިލީ ގޮސްފައިވެ އެވެ.
އެ ދެމީހުންގެ ގުޅުމާ ބެހޭގޮތުން އެ މީހުން އަމިއްލައަށް ވާހަކަ ނުދެއްކި ނަމަވެސް އެ ގުޅުމަށް އެ މީހުންގެ ސަޕޯޓަރުންނާއި އާއިލާގެ ސަޕޯޓް އޮތްކަން ހާމަވެ އެވެ.