މަސައްކަތް ތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައި މިއަދު ކުރިއަށް ދިޔަ މޭޑޭ ރެލީ ފުލުހުން ހުއްޓުވުމަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މޭޑޭ ރެލީއަށް ފުލުހުން ހުރަސް އަޅަމުންގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އެކްސްގައި ހިއްސާކުރައްވަމުން ޝާހިދު ވިދާޅުވީ ސުލްހަވެރިކަމާއެކު ހިޔާލުފާޅު ކުރުމުން ދިޔަ ރައްޔިތުންނަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ ފުލުހުން ނެރެގެން ސަރުކާރުން މިއަދު ހުރަސްއެޅުމަކީ ގާނޫނުއަސާސީއާއި އާއްމު ރައްޔިތުންގެ ހައްގަށް އަރައިގަތުން ކަމަށެވެ.
"އަޅުގަނޑު ފުލުހުންނަށް ގޮވާލަން ކޮށްފައިވާ ހުވާ ހަނދާކޮށް، ވެރިކަމުގައި ތިބި މީހުންގެ މަސްލަހަތުގެ ބަދަލުގައި ގާނޫނު ނަގަހައްޓަން" ޝާހިދުގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ސުލްހަވެރި އެއްވުމަކީ ނުރައްކަލެއް ނޫންކަމަށާއި އެއީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.
މޭޑޭއާ ގުޅިގެން މިއަދު އެކި ޖަމިއްޔާ ޖަމާއަތްތަކާއި އާއްމުން އެކުގައި ބޭއްވި ރެލީއަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. އެގޮތުން ރެލީގެ ބައިވެރިން ވަކި ހިސާބަކުން ނުދެވޭގޮތަށް ބެރިކޭޑްޖަހައި މަގު ބަންދުކޮށްފައިވެ އެވެ.
ކަލްނާޔަކް ރިޓާންސް: 30 އަހަރަށްފަހު ޖެކީއާއި ސަންޖޭ އެކީގައި!
އީރާނުން އެމެރިކާއާއެކު ކުރަމުންދިޔަ މަޝްވަރާތައް ހުއްޓާލައިފި
އެމެރިކާ އާއި އީރާނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި