ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފި އެވެ.
މިގޮތުން އެގޮތުން ޑެޕިއުޓީ ޕީީޖީގެ މަގާމަށް އައްޔަންކޮށްފައިވަނީ އައިޝަތު މުހައްމަދު އެވެ. އަދި އެސިސްޓެންޓް ޕީޖީގެ މަގާމަށް އައްޔަންކޮށްފައިވަނީ ހުސެއިން ސާމީ އެވެ.
މީގެ ތެރެއިން އައިޝަތު މުހައްމަދަކީ 2011 ވަނަ އަހަރުން ފެށިގެން އެ އޮފީހުގައި މަސައްކަތް ކުރައްވަމުން އަންނަ ވަކީލެކެވެ. އަދި އެކަމަނާ އަކީ ޕީޖީ އޮފީހުގައި މި ވަގުތު މަސައްކަތްކުރައްވާ އެންމެ ސީނިއާ އަދި އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވަމުން އަންނަ އެއް ވަކީލެވެ.
އެސިސްޓެންޓް ޕީޖީގެ މަގާމަށް އައްޔަންކުރި ހުސެއިން ސާމީ އަކީ 2018 ވަނަ އަހަރުން ފެށިގެން ޕީޖީ އޮފީހުގައި މަސައްކަތްކުރައްވަމުން އަންނަ ވަކީލެކެވެ.
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ