"ހުރިހާ" އިން އާއްމުންގެ ޚިޔާލު ހޯދުމަށް، އޮންލައިން ވޯޓު ނެގުން މިއަދު ތައާރަފްކޮށްފި އެވެ.

"ހިޔާލު ހޯދުމުގެ ވޯޓު ނެގުން" ތައާރަފްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގެ އެކި ކަންކަމާމެދު ކިޔުންތެރިން ދެކޭ ގޮތް ބެލުމަށެވެ. މިގޮތުން ފުރަތަމަ ވޯޓު ނަގަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ކިޔުންތެރިން ދެކޭ ބޭފުޅަކު ހޯދުމަށެވެ.

މި ވޯޓުގައި ބައިވެރިވުމަށް ކެންޑިޑޭޓުގެ ނަމުގެ ކަނާތް ފަރާތުގައިވާ ގޮޅީގައި މާކްކުރުމަށްފަހު ތިރީގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ވޯޓު ބަޓަނަށް ފިތާލުމުން ވޯޓުލުން ނިމުނީ އެވެ. ވޯޓުލާ ނިމުމުން އެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ ޕަސެންޓޭޖް ވަގުތުން ފެންނާނެ އެވެ. އަދި ވޯޓު ނެގުން ނިމުމުން ނަތީޖާ ވެބްސައިޓް މެދުވެރިކޮށް އާއްމުކުރެވޭނެ އެވެ.

މިފަހަރު ކުރިޔަށް ގެންދާ ވޯޓު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ އެވެ.

އޮންލައިން ވޯޓު ލިންކް ވެބްސައިޓްގެ ފުރަތަމަ ސަފުހާއިން އާއި ކޮންމެ އާޓިކަލެއްގެ ތިރިން ފެންނަން ހުންނާނެ އެވެ.