ބްރޯޑްކާސްޓިން ކޮމިޝަނަށް ފުލުހުން މިއަދު ހަވީރު ވަދެފައި ވަނީ އެ ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްރޯޑްކޮމްއަށް ވަނީ އެ ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރަން ކޮމިޝަނުން އެދިގެން ކަމަށެވެ.
އެ ކޮމިޝަނަށް ވަދެފައި ވަނީ ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުންނެވެ.
ބްރޯޑްކޮމްގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަނެއް ދާދިފަހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ޕެޓިޝަން ހުށަހަޅާފައި ވަނިކޮށް ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވަނީ ސަސްޕެންޑުކޮށްފައެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
މަކުނުދޫގެ އާރްޓީއެލް ދަތުރުތައް ކެންސަލްވާތާ ހަފްތާއެއް
