އިލޮން މަސްކުގެ އޮކްޓް ކުންފުނީގެ ސްޓާޝިޕް އުޅަނދަށް 6 މަސްދުވަހުގެ ތެރޭގައި މާސްއަށް ދެވޭނެ ކަމަށް ސްޕޭސްއެކްސްގެ ސީއީއޯ އިލޮން މަސްކް ބުނެފި އެވެ.

މާސްއަށް ދަތުރުކުރަން މިހާރު ލަފާކުރެވޭ މުއްދަތަކީ 10 އަހަރުކަމަށް ސައިންސްވެރިން ލަފާކޮށްފައިވެ އެވެ. އެހެންނަމަވެސް އެއާ ހިލާފަށް މި ދަތުރު އެހާ އަވަހަށް ކުރެވޭނީ ޕްލެނެޓްތައް އެއް ފައްތަރަކަށް އަންނަ ވަގުތު ބަލައިގެން ދަތުރު ކުރުމުން ކަމަށް އިލޮން ބުނެފައިވެ އެވެ.

އެގޮތުން މިފަދައިން ޕްލެނެޓްތައް، ކޮންމެ 26 މަހަކުން އެއްފަހަރު ދިމާވެ އެވެ. މި ވަގުތުގައި ބިމާއި މާސްއާ ދެމެދުގެ ދުރުމިން ކުޑަވެ، ދަތުރު އަވަސްވާނެ ކަމަށް އޭނާ ބުނެ އެވެ.

އިލޮން މަސްކްގެ މި ބަސް އައިސްފައިވަނީ ސްޕޭސްއެކްސްގެ ދެން އޮތް މިޝަން ކައިރިވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އަދި 2026 ވަނަ އަހަރު މާސްއަށް ދަތުރު ކުރުމުގެ މަޝްރޫއު ފެށުމަށް ތާރީހެއް ކަނޑައަޅުމަށްފަހު އެވެ.