މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތަކަށް ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުވައްދަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި އެ ގޮތަށް ނިންމީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން ކުރި މަޝްވަރާއަށް ފަހު އެވެ.
އެ މަޝްވާރާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ސިޓީ ކައުންސިލުން ދެން ބާއްވާ ހަފުލާތަކުގައި ބޭނުން ނުކުރާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ބައިވެރިވި ގިނަ މެންބަރުން ވަނީ އެކަމަށް ތާއީދުކޮށް ވާހަކަދައްކާފަ އެވެ. އޭގެތެރޭގައި ޑެޕިޔުޓީ މޭޔަރު މުހައްމަދު އަރީޝް ވެސް ހިމެނެ އެވެ.
ދުފުމަކީ ކެންސަރަށް މަގުފަހިވާ ކަމެއް ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.
އެގޮތަށް ފާސްވުމާއެކު ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެ ކައުންސިލުން ބާއްވާ އެއްވެސް ހަފުލާއެއްގައި މީގެފަހުން ނުބަހައްޓާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
ސައުދީން އުފެއްދި ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވަނީ
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25 ރ. އަށް އަރައިފި
ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
