ހުސައިން މުނައްވަރުގެ ކުރިއަށް އޮތް ފިލްމު "ކަނބުލޮ" އަންނަ އޮގަސްޓް މަހު އޮލިމްޕަހުގައި ރިލީޒް ކުރަން ނިންމައިފި އެވެ.
ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯއިން ހުށައަޅައިދޭ މި ފިލްމަކީ ޔަޝްފާ އަބްދުލްޣަނީގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމެކެވެ.
މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކެއްގެ މައްޗަށް ލިޔެފައިވާ ޔަޝްފާގެ މި ވާހަކައަކީ 2009 ވަނަ އަހަރުގެ ގައުމީ ވާހަކަ ލިޔުމުގެ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު ވާހަކަ އެކެވެ.
މި ފިލްމުގެ ތަރިންގެ ތެރޭގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ އަދި ވާސިއާ މުހައްމަދު ހިމެނެ އެވެ.
ހުސައިން މުނައްވަރު ޑައިރެކްޓްކުރާ "ކަނބުލޮ" ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
މުނައްވަރަކީ މިދިޔަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ކަމަނާ"ގެ ޑައިރެކްޓަރެވެ. އެ ފިލްމަށް އާއްމުންނާއި ފިލްމީ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކުގެ ވެސް ތައުރީފު ލިބުނެވެ.
"ރަޝް އަވާ 4"ގެ މަސައްކަތް ފަށަނީ!
އަތޮޅުތަކާއި ރަށްތަކުގެ ބާރު ސަރުކާރުން ފޭރިގެންފި: ޔާމީން
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުންދަނީ ރާއްޖެއާ ދުރަށް: މެޓް އޮފީސް