2004 ވަނަ އަހަރު ނުކުތް ޝާހްރުކް ޚާންގެ ފިލްމު "ސްވަދޭސް"އަކީ ކާމިޔާބު ފިލްމަކަށްވާއިރު ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އެ ފިލްމު އެންމެ ފުރަތަމަ ހުށައެޅުނީ އާމިރުއަށް ކަމެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާމިރު ބުނީ އެ ފިލްމު ދޫކޮށްލީ އެ ފިލްމުގެ ސްކްރިޕްޓްގެ ފޫހިކަމުން ކަަމަށާއި އެފަދަ ފިލްމެއްގައި އުޅެން ޝައުގުވެރި ނުވީ ކަމަށެވެ.
އާމިރު ބުނީ އޭނާގެ ފިލްމު "ލަގާން"ގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު އެ ފިލްމު އޭނާއަށް ހުށައެޅުނު ކަމަށާއި އެހެން ނަމަވެސް އެއީ އޭނާ އުއްމީދުކުރި ކަހަލަ ވާހަކައެއް ނޫން ކަމަށެވެ.
އެއާއެކު އެ ފިލްމަށް ލިބުނު ކާމިޔާބީއާ އެކުވެސް މިއަދާ ހަމައަށް ވެސް އެ ފިލްމު ބަލާފައިނުވާ ކަމަށް ވެސް އާމިރު އެއްބަސްވެފައިވެ އެވެ.
"ސްވަދޭސް"އަކީ ޝާހްރުކް ޚާންގެ އިތުރުން ގަޔަތުރީ ޖޯޝީ އަދި ކިޝޯރީ ބައްލާލް ފަދަ ތަރިން މުހިއްމު ރޯލުތަކުން ފެނިގެންދިޔަ ފިލްމެކެވެ.
ބޮލީވުޑުގައި އެއްތަރިއަކު ދޫކޮށްލާ ފުރުސަތު އަނެއް ތަރިއަކަށް ލިބޭއިރު އެގޮތަށް ދޫކޮށްލާ ފުރުސަތުތައް ބޮޑެތި ކާމިޔާބީތަކަށްވެސް ވެފައުި އެބަ ހުއްޓެވެ.
ގުދުރަތީ މާހައުލެއްގައި ދުވާލަކު 20 މިނެޓު ހޭދަކުރޭ!
ޔަމަނާއި ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދެނީ
ދައުލަތުގެ ވެރިޔާއަށް ނަޝީދު، ސަރުކާރުގެ ވެރިޔާއަށް ފައްޔާޒު!