ވިލާ މާޓުން އަލަށް ތައާރަފްކޮށްފައިވާ ވީކެންޑް އޮފާ އިން 10 ޕަސެންޓް އޮފް ލިބޭނެ ކަމަށް ބުނެފި އެވެ.
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ކުރިއަށްދާ މި އޮފާގައި 10 ޕަސެންޓް އޮފް ލިބޭ ތަކެތީގެ ތެރޭގައި ހިމެނެނީ ހޯލް ޗިކެން، ކޮށާފައި ހުރި ކުކުޅު، ޗިކެން ބްރެސްޓް، ބޯންލެސް ޗިކެން، ބީފް، ފިޔާ، އަލުއި، ލުނބޯ އަދި ކެރެޓް ހިމެނެ އެވެ.
މިކަމާ ގުޅިގެން ވިލާމާޓުން ބުނީ އާއިލާތަކަށް ހާއްސަ ކާނާ ތައްޔާރުކުރުމަށްޓަކައި ގިނަ މީހުން ހަފްތާ ބަންދުގެ ތެރޭގައި ތަކެތި ގަންނަ ކަމަށެވެ. އަދި މި އޮފާއިން ތަކެތީގެ އަގު ހެޔޮ ކުރުމަކީ މުޖުތަމައުއަށް ކޮށްދެވޭ ވަރަށް ރަނގަޅުކަމެއް ކަމަށާއި، މީގެ ސަބަބުން އާއިލާތަކަށް ހަރަދު ކުޑަގޮތެއްގައި މީރު ކާނާ ތައްޔާރުކުރެވޭނެ ކަމަށް ވިލާ މާޓުން ބުނެ އެވެ.
ހާއްސަކޮށް ހުކުރު ދުވަހު ދިވެހިން އެއްގަމު މަސް ބޭނުންކޮށްގެން ތައްޔާރުކުރާ ބިރިޔާނީ އާއި، ރޯސްޓްތަކާއި ގެރި ރިހަ ފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު ތަކެތި އަގުހެޔޮކޮށްފައިވާކަން ވެސް ވިލާ މާޓުން ވަނީ ފާހަގަކޮށްފަ އެވެ.
ވިލާމާޓުން އަންނަނީ ރަނގަޅު ކޮލިޓީގެ ކާބޯތަކެއްޗާއި ރީތިވާ ތަކެއްޗާއި ގޭތެރޭގެ އެހެނިހެން ތަކެތި ވެސް ފޯރުކޮށްދެމުންނެވެ.