ބޮލީވުޑްގެ ކުރީގެ އެކްޓަރު ޓްވިންކަލް ޚަންނާއަކީ އޭނާގެ ދިރިއުޅުމުގެ އެކި ކަންކަން ވަރަށް ފާޅުކަން ބޮޑުކޮށް ސޯޝަލް މީޑިިއާގައި ހިއްސާކުރާ ތަރި އެކެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު ޓްވިންކަލް ވަނީ އޭނާއާއި އޭނާގެ ފިރިމީހާ އަކްޝޭ ކުމާރުގެ "ބްރެކްފާސްޓް ޑޭޓް"އެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.
އެ ވީޑިއޯގައި އަކްޝޭއާއި ޓްވިންކަލް އެކުގައި ސެލްފީއެއް ނަގާ މަންޒަރު ފެންނައިރު ފެންނަ ފެނުމަށް އެ ރެސްޓޯރެންޓުގައި އެއްވެސް މީހަކު ނެތެވެ.
އެ ވީޑިއޯއާއެކު ޓްވިންކަލް ބުނެފައިވަނީ އަތުން އެއްވެސް ހަރަދެއް ނުކޮށް ހަމައެކަނި ދެ މީހުންނަށް ރެސްޓޯރެންޓް ހިފަން ބޭނުންވާ ނަމަ ހެނދުނުގެ ނާސްތާއަށް އަވަހަށް އަންނަންވީ ކަަމަށެވެ.
ޓްވިންކަލްގެ އެ ވީޑިއޯ އިންސްޓަގްރާމަށް ދޫކޮށްލުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ. އެގޮތުން އެ ދެމީހުންގެ ގުޅުން ގިނަ ބަޔަކު ފާހަގަކުރި އެވެ.
2001 ވަނަ އަހަރު ކައިވެނިކުރި އަކްޝޭއާއި ޓްވިންކަލްގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ދެމީހުންނަކީ ބޮލީވުޑްގައި އެންމެ "ލޯބި" ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ދެމީހުންނެވެ.
90ގެ އަހަރުތަކުގައި ޓްވިންކަލް ބޮލީވުޑްގެ ފިލްމުތަކުން ފެނުނު ނަމަވެސް މިއަދު އޭނާއަކީ ކުޅަދާނަ ލިޔުންތެރި އެކެވެ. އަކްޝޭ އަދިވެސް ދަނީ ފިލްމުތަކުގައި ހަރަކާތްތެރިވަމުންނެވެ.