ތައިލެންޑާއި ރާއްޖެއާއި ދެމެދު ޑައިރެކްޓް ދަތުރުތައް ކުރާ ބެންކޮށް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނަޑާލަން ނިންމައިފި އެވެ.
ބެންކޮކް އެއާވޭސް އިން ބުނީ އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އަލުން ދަތުރުތައް ފަށަނީ ސެޕްޓެމްބަރުން ފެށިގެންނެވެ.
ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމި ސަބަބެއް އެ އެއާލައިނުން ހާމައެއް ނުކުރެ އެވެ.
މިކަމާ ގުޅޭގޮތުން އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ބެންކޮކް އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތަށް މެދުކަނޑާލަނީ ފަތުރުވެރިކަމުގެ މާކެޓުގެ ހާލަތު ދަށްވެގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ އެއާލައިނާ މަޝްވަރާކޮށް ސެޕްޓެމްބަރުގެ ކުރިން އަލުން ދަތުރުތައް ފެއްޓޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ދިރާގުޕޭ މެދުވެރިކޮށް މިހާރު ފިތުރު ޒަކާތް ދެއްކޭނެ
"ދެ އަންހެނުން"ނަށް ފަހު ބަންގްލަދޭޝް: އާ ފެށުމެއްތަ؟
"ނެސްލޭ"ގެ އުފެއްދުންތައް ބޭނުން ކުރުމުން ސްވަރާ ހޫނު ފެނަށް!
