މިހާރު ކުރިއަށްދާ މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދު ވަޑައިގަތުމުން ސޯޝަލް މީޑިއާގައި އެ މައްސަލަ ހޫނުވެއްޖެ އެވެ. .

ނަޝީދަކީ ލޯކަން ކައުންސިލް އިންތިހާބުގައި އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވުމަށް އެންމެ އިސްކޮށް އުޅުނު ފަރާތެވެ.

ނަޝީދު ވޯޓުލާ މަރުކަޒުތައް ކައިރިއަށް ވަޑައިގަންނަވަނީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ކަމުގައި އެމްޑީޕީ އެކްޓިވްސްޓުން ދަނީ ބުނަމުންނެވެ.

ވޯޓުލާ މަރުކަޒަށް ނަޝީދު ވަޑައިގަތުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން ވިދާޅުވީ، ނަޝީދު އަދިވެސް އެ އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމުގައި ކަމަށެވެ.

ނަޝީދު ވޯޓުލާ މަރުކަޒަށް ވަޑައިގަތީވެސް ރީދޫ ކުލައިގެ ގަމީހެއް ތުރުކުރައްވައިގެންނެވެ.

އިދިކޮޅަށް ތާއިދުކުރާ ގިނަ ބަޔަކު ދަނީ ނަޝީދު ވޯޓުލާ މަރުކަޒަށް ދިޔުމުން އެކަން ބަލައިގަންނަން ދަތިކަމަށް ބުނަމުންނެވެ. އަދި އެއީ ސިއްރުވެރި ގޮތެއްގައި ނަޝީދު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.

ކެމްޕޭން ކުރުން މަނާ ވަގުތުގައި އެމްޑީޕީ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަލީ އާޒިމް އިއްޔެ ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމުގެ މަސައްކަތް ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަން އަދި އެގިފައިނުވެ އެވެ.