ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް ތަރި ކަމަށްވާ ސަލްމާން ޚާންގެ އުމުރުން 59 އަހަރުގައި ވެސް އޭނާ ފިޓް ކަމުން އާއްމުން ހައިރާން ވެއްޖެ އެވެ.
އެންމެ ފަހުން ސަލްމާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުގައި އޭނާގެ ހަށިގަނޑު އަދިވެސް ވަރަށް ފިޓް ކަން ފާހަގަވެ އެވެ.
އެ ފޮޓޯތަކަށް ކޮމެންޓް ކުރަމުން ގިނަ ބަޔަކު ވަނީ އުމުރުން 59 އަހަރުގައި ވެސް ސަލްމާންގެ ސިއްހަތު ރަނގަޅުކަން ފާހަގަކޮށް އޭނާގެ އަމިއްލަ ނަފްސު ދުޅަހެޔޮކޮށް ބެހެއްޓުމަށް ކުރާ މަސައްކަތަށް ތައުރީފު ކޮށްފަ އެވެ.
ސަލްމާން މި ފޮޓޯތައް އާއްމުކޮށްފައި މިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ސިކަންދަރު"އަށްފަހު އޭނާގެ ބަރުދަން އިތުރުވި ކަމަށް ބުނެ ބައެއް މީހުން އޭނާއަށް ފާޑުކިޔަމުން އައި ދަނޑިވަޅެއްގަ އެވެ.
އެހެން ނަމަވެސް މި ފޮޓޯތަކާއެކު ސަލްމާން ވަނީ އެ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދީ ފާޑުކިޔާ މީހުންގެ "އަނގަ ބަންދު" ކޮށްލާފަ އެވެ.
ސަލްމާންއަކީ ޒުވާން ދައުރުގައި ވެސް އޭނާގެ ވަރުގަދަ ހަށިގަނޑުގެ ސަބަބުން ގިނަ ޕްރޮޑިއުސަރުންނާއި އާއްމުންގެ ސަމާލުކަން ވެސް ހޯދި ތަރި އެކެވެ.
ގެއްލުނު ޑައިވަރުން ހޯދުމަށް އިޓަލީގެ މާހިރުން އަންނަނީ
ގްރޭޓާ މާލޭގެ އިހްތިސޯސް ކައުންސިލާ ހަވާލުކުރަން ގޮވާލައްވައިފި
"ޕީސީއޯއެސް"އަށް މުޅިން އާ ނަމެއް!