މަޝްހޫރު މިއުޒިކް ބޭންޑް "ވަން ޑިރެކްޝަން"ގައި އުޅުނުއިރު ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެ ބޭންޑުގެ ލީޑް ލަވަކިޔުންތެރިޔާ ޒޭން މަލިކް ބުނެފި އެވެ.
ޒޭން މިފަދަ ގޮތަކަށް ވާހަކަ ދައްކާފައިވަނީ އޭނާގެ ކުރިއަށް އޮތް ލަވަ "ފުޗްސިއާ ސީ"ގަ އެވެ. އެ ލަވައިގެ ޅެމުގައި ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ދޭހަވާ ފަދަ ބަސްތަކެއް ހިމަނާފައިވެ އެވެ.ﷲ
އެގޮތުން "ހުދު މީހުންގެ" ބޭންޑެއްގައި ހުރި ހަމައެކަނި އޭޝިއާ މީހާއަށް ވީތީ ފުރައްސާރަ އަމާޒުވި ކަމަށް ޒޭން އޭނާގެ ލަވައިގައި ބުނެފައިވެ އެވެ.
އެ ލަވައިގެ ކުޑަ ތަންކޮޅެއް ޒޭން އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާއިރު ވަރަށް އަވަހަށް ފުރިހަމަ ލަވަ ރިލީޒް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އުމުރުން 32 އަހަރުގެ ޒޭންއަކީ ޕާކިސްތާނުގެ ބައްޕައަކާއި އައިރިޝް ނަސްލުގެ އިނގިރޭސި މަންމައަކަށް އުފަން ދަރި އެކެވެ. އޭނާގެ ބުރުސޫރައިން އޭޝިއާ ނަސްލުގެ ސިފަތައް ކޮންމެވެސް ވަރަކަށް ފާޅުވެ އެވެ.
ޒޭންގެ އެ ޕޯސްޓާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައި އޭނާގެ އާ ލަވައަށް ކެތް މަދުވެފައިވާ ކަމަށް ބުނަމުންނެވެ.