ބޮލީވުޑަށް ވަނީ މީހުންގެ މެދުގައި މަގުބޫލު ކަމާއި މަޝްހޫރުކަން ހޯދުމުގެ ބޭނުމުގައި ނޫން ކަމަށް ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރާޖްކުމާރު ރާއޯ ބުނެފި އެވެ.

ރާޖްކުމާރު މި ބީދައިން ވާހަކަ ދައްކާފައިވަނީ ބޮލީވުޑްގައި އޭނާ މަސައްކަތް ކުރާތާ 15 އަހަރު ފުރުމުގެ މުނާސަބަތުގައި މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ.

ރާޖްކުމާރު ބުނީ މަޝްހޫރު ކަމާއި ފައިސާއަކީ އޭނާއަށް އެހާ މުހިއްުމު އެއްޗެއް ނޫން ކަމަށާއުި އޭނާއަށް މުހިއްމީ އާއްމުންގެ ގަދަރާއި ލޯބި ކަމަށެވެ.

އެގޮތުން އާއްމުން އޭނާ ހަނދާން ކުރަން ބޭނުންވަނީ އިހުތިރާމާއި ގަދަރާއެކު ކަމަށާއި އޭނާގެ މަސައްކަތްތައް ބަހައްޓަނީ އެގޮތަށް ކަމަށް ރާޖްކުމާރު ބުންޏެވެ.

"ގޭންގްސް އޮފް ވަަސޭޕުރް"، "ތަލާޝް" އަދި "ކައި ޕޮ ޗޭ" ފަދަ ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ފެށިގެން ރާޖްކުމާރު ވަނީ "ސްޓްރީ" އަދި "ބަދާއީ ހޯ" ފަދަ ފިލްމުތަކުގެ މުހިއްމު ރޯލުތަކުން ވެސް ފެނިފަ އެވެ.

އުމުރުން 40 އަހަރުގެ ރާޖްކުމާރު ބޮޑު ސްކްރީނުން ދެން އެންމެ އަވަހަށް ފެންނާނީ ޓިޕްސް ފިލްމްސް ބެނާގެ ދަށުން ނެރޭ ފިލްމު "މާލިކް" އިންނެވެ.