ހޮލީވުޑް އަދި ބޮލީވުޑްގެ އެކްޓަރު ޕްރިޔަންކާ ޗޯޕްރާއަކީ އެއްވެސް ކުށެއް ނުކުރާ ހިތް ސާފު މީހެއް ކަމަށް އޭނާގެ ފިރިމީހާ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބުނެފި އެވެ.

މި ފަހުން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ނިކް ވަނީ ދަރިއަކު ލިބުމަށްފަހު ދިރިއުޅުމަށް އައި ބަދަލުތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

މީގެ އިތުރުން ހަމަ އެ އިންޓަވިއުގެ ތެރެއިން ނިކް އޭނާގެ އަންހެނުން ޕްރިޔަންކާއަށް ވެސް ތައުރީފުގެ ބަސްތައް ބަންޑުން ކޮށްލާފައިވެ އެވެ.

ނިކް ބުނީ ޕްރިޔަންކާއަކީ ޕްރިޔަންކާގެ ހަޔާތުގައި މިހާތަނަށް އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިނުވާ ކަމަށާއި އޭނާއަކީ ހަގީގަތުގައި ވެސް "ބެސްޓް" މީހެއް ކަމަށެވެ.

އެގޮތުން ޕްރިޔަންކާގެ ކިބައިގައި ހުރި ދީލަތިކަމާއި އަޅާލުމާއި ހިތްހެޔޮކަމުގެ ސިފަ އެމީހުންގެ ދަރިފުޅު މަލްތީ މޭރީއަށް ވެސް ދަސްކޮށްދޭން މަސައްކަތްކުރާ ކަމަށް ނިކް ބުންޏެވެ.

ނިކްއާއި ޕްރިޔަންކާއަކީ ވެސް އެކަކު އަނެކަކަށް އޮތް ލޯބި ސޯޝަލް މީޑިއާއާއި އެނޫން ވެސް މަންސިތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރާ ދެ ތަރިންނެވެ.