މި ހިނގާ ޖުލައި މަހުގެ ނުވަވަނަ ދުވަހަކީ ދުނިޔޭގެ ތާރީހުގައި ވެސް އައި އެންމެ ކުރު އެއް ދުވަސް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މިދިޔަ ބުދަ ދުވަހަކީ އާއްމުކޮށް ރެއަކާދުވާލުގެ ދިގުމިން ކަމަށްވާ 24 ގަޑިއިރަށްވުރެ އެއް މިލި ސިކުންތު ކުރު ދުވަހެކެވެ.
އެގޮތުން ކޮންމެ ދުވަހެއްގެ ދިގުމިނުގައި ގާތްގަނޑަކަށް 86500 ސިކުންތު ވާއިރު ދުނިޔޭގެ އެނބުރުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރެއަކާދުވާލުގެ ދިގުމިނަށް ބައެއް ފަހަރު ބަދަލު އާދެ އެވެ.
މި ބަދަލަކީ ގިނަ ސަބަބުތަކެއްގެ ނަތީޖާއަށްވާއިރު އޭގެ ތެރޭގައި ކަނޑުގެ އޮއިވަރާއި ހަނދުގެ އެނބުރުމާއި ޖައްވުގެ ފިނިހޫނުމިން ފަދަ ކަންކަން ހިމެނޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މިދިޔަ ބުދަ ދުވަހުގެ ކުރިން އެންމެ ކުރު ދުވަސް ރެކޯޑް ކުރެވިފައިވަނީ 2005 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރެއާދުވާލުގެ ދިގުމިނަށް ބަދަލު އަންނާނެ ކަމަށް ސައިންސްވެރިން ކުރިން ވެސް ލަފާކުރި އެވެ.
މި ކައުނާއި އެ ކައުނުގައިވާ ހުރިހާ ތަކެއްޗެއްގެ ހިނގުން ވަކި ގޮތަކަށް ލައްވަވާފައިވާއިރު އެފަދަ ކަންކަމަށް އަންނަ ބަދަލުތަކަކީ ވެސް އިންސާނުންގެ ސިކުނޑިއަށް އިބްރަތް ލިބޭނެ ކަންކަމެވެ.