މަރުވެ ކުނިވެފައި އޮއްވާ ދާދި ފަހުން ފެނުނު ޕާކިސްތާނުގެ އެކްޓްރެސް ހުމައިރާ އަސްގަރް މަރުވެފައި އޮންނަތާ 8 މަހާއި 10 މަހާ ދެމެދުގެ މުއްދަތެއް ވެދާނެ ކަމަށް ބުނެފި އެވެ.
ކަމާ ބެހޭ އިދާރާތަކުން ހެދި ހުމައިރާ ޕޯސްޓް މޯޓަމްގެ ނަތީޖާތައް ލިިބިފައިވާއިރު، އެ ނަތީޖާތަކުން އެނގޭ ގޮތުގައި ހުމައިރާ މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު ހާތަނުގަ އެވެ.
ހުމައިރާ މަރުވެފައި އޮއްވާ ފެނުނީ އޭނާ އުޅުނު އެޕާޓްމަންޓްގެ ވެރިފަރާތަށް ކުލި ނުދައްކައިގެން ފުލުހުންނަށް ހުށައެޅުމުން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓަށް ވަދެ ބެލި ބެލުމުގަ އެވެ.
ހުމައިރާ ފެނުނުއިރު އޭނާގެ ހަށިގަނޑު އޮތީ ކާކުކަން ނޭނގޭ މިންވަރަށް ކުނިވެ ހަލާކުވެފައި ކަމަށް ފުލުހުންނާ ހަވާލާދީ ޕާކިސްތާނުގެ ނޫސްތަކުން ބުނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ހުމައިރާ ފިލްމީ ދާއިރާއާ ގުޅުމުން އޭނާގެ އާއިލާއިން ވަނީ އޭނާއާ ގުޅުން ކަނޑާލާފަ އެވެ. އެގޮތުން އޭނާގެ ހަށިގަނޑާ ހަވާލުވާން ވެސް އާއިލާއިން ވަނީ ދެކޮޅު ހަދާފަ އެވެ.
ހުމައިރާ މަރުވެފައި އޮންނަތާ 8 މަސްވީއިރު، އޭނާ ގެއްލިގެން ވެސް ފުލުހުންނަށް އެއްވެސް މީހަކު ހަބަރެއް ކޮށްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					