ހަގު ދަރިންނާއެކު ސުލްހަވާން ހޮލީވުޑްގެ ތަރި ބްރެޑް ޕިޓް ހުރީ ކެތްމަދުވެފައި ކަމަށް އޭނާއާ ގާތް ފަރާތްތަކާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.
ދަރިންގެ މަންމަ އެންޖެލީނާ ޖޯލީއާ ވަކިވި ފަހުން ބްރެޑްއާއި އޭނާގެ ދަރިންނާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އޭގެ ތެރޭގައި އޭނާގެ އެންމެ އެންމެ ހަގު އެއްމާބަނޑު ދެ ކުދިން ކަމަށްވާ ވިވިއެންއާއި ނޮކްސް ވެސް ހިމެނެ އެވެ.
ވިވިއެންގެ ނަމުން ބްރެޑްގެ ނަން ވެސް އުނިކޮށްފައިވާއިރު އެ ދެބަފައިން ސުލްހަ ވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ހަބަރުތައް ބުނެ އެވެ.
އެހެން ނަމަވެސް އެ ދެ ކުދިންގެ 17 ވަނަ އުފަން ދުވަހުގެ ކުރިން ސުލްހަވާން ބްރެޑް ބޭނުންވާ ކަމަށާއި އެކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުނެވެ އެވެ.
އެގޮތުން އެންމެ ފަހު ފަހަރަށް އެކަމަށް މަސައްކަތް ކުރަން ބްރެޑް ނިންމާފައިވާއިރު ވަރަށް އަވަހަށް އޭނާގެ ފަރާތުން ފިޔަވަޅެއް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ވިވިއެންއާއި ނޮކްސްގެ އިތުރުން ބްރެޑްއާއި އެންޖެލީނާގެ ހަތަރު ކުދިން ތިބޭއިރު އެ ކުދިން ވެސް ވަނީ ބައްޕައާ ގުޅުން ކަނޑާލާފަ އެވެ.
 ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
			ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
			ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					