ވެރިކަންކުރާ ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ޝާނީޒް ހާޝިމް އެ ޕާޓީން ވަކިވެއްޖެ އެވެ.
ޝާނީޒަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވެސް ވާދަކުރެއްވި ބޭފުޅެކެވެ.
ޕީއެންސީން ވަކިވިކަން އިއުލާންކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ޝާނީޒް ވިދާޅުވީ އާންމު މީހަކަށް އެ ޕާޓީގައި ކުރިއަށްދިޔުމުގެ ފުރުސަތެއް ފަހިވެފައި ނެތް ކަމަށެވެ.
ޝާނީޒް ވިދާޅުވީ އޭނާ ގަބޫލުކުރާ ހަމަތަކާ ހިލާފަށް ވަކި ބަޔަކު ރުއްސަން މަސައްކަތްކުރާނެ މީހަކަށް އޭނާ ނުވާނެ ކަމަށެވެ.
ޝާނީޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނަައުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރި ޒުވާނެކެވެ.
ވެރިކަމަށް އަހަރެއްވެފައިވާއިރު، ގިނަ ބައެއްގެ މެދުގައި ރައީސް މުއިއްޒުގެ މަގްބޫލުކަން އަންނަނީ ދަށްވަމުންނެވެ.
މި މަހު މަރުވި ދެ ގައިދީންގެ އޮޓޮޕްސީ ހަދަނީ
ސައުދީ ޕްރޯ ލީގު ދެއްކުން 'ފޮސްކް ސްޕޯޓްސް' އިން ހުއްޓާލައިފި
ބްރޫކްލިންގެ ޓެޓޫތައް "ގެއްލިއްޖެ"!
